އިދިކޮޅު ކޯލިޝަނުން ޕީޖީއާއި ބައްދަލު ކުރެއްވުމަށްފަހު ނުކުމެ ވަޑައިގެން އަބްދުއްރަހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިދިކޮޅު ކޯލިޝަނުން ޕީޖީއާއި ބައްދަލު ކުރެއްވުމަށްފަހު ނުކުމެ ވަޑައިގެން އަބްދުއްރަހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ސަރުކާރުގެ ޕްރެޝަރެއް އައިސް ޒިންމާ އަދާނުކުރެވޭ ފަދަ ހާލަތެއް އަތުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި ގުޅިގެން ޕްރޮގުރެސިވް ކޯލިޝަންގެ އިސްބޭފުޅުން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި ދާދިފަހުން ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކާއި ދާދިފަހުން ފެންމަތިވި ރޭޕް ކޭސްތަކާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތަށް ޕީޖީ އާއި ވަނީ ހިއްސާކޮށްފައެވެ.

އެބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ، ސަރުކާރުގެ ޕްރެޝަރު އައިސް ޒިންމާ އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ޕީޖީ ވިދާޅުވި ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

"ޕީޖީ ވިދާޅުވި، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތޭ، ވިދާޅުވި ކުރައްވާނެ ކަމެއް ނެތިގެން ނޫނޭ މިއުޅެނީ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަތް ކަމެއް. އޭގެން އަޅުގަނޑުމެންނަށް ލިބުނު ހިތްހަމަޖެހުމަކީ ޝަމީމްގެ ވިސްނުން އެބަހުއްޓޭ އެފަދަ ޕްރެޝަރެއް ސަރުކާރުން އަތުވެއްޖަނަމަ އެއަށް ނޫނެކޭ ބުނަން އެދުވަހަކަށް އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ. މިސަރުކާރުން ޕްރެޝަރު ނުކޮށެއް ނުހުންނާނެ މިއީ އިންސާފުން ކަންތައް ކުރާނެ ސަރުކާރެއް ނޫން. ސަރުކާރުގެ ބޭނުމަކީ ހުރިހާ ބާރެއް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މުށުތެރެއަށް ލައިގެން މިކަންކަން ކުުރުން. ތަޖުރިބާ ކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނީ ޕްރެޝަރެއް ޕީޖީ އަށް އަންނަ ދުވަސް އެއީ." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޖީ އޮފީހަށް މައްސަލަ އެއް ހުށައަޅައިފިނަމަ ލަސްވެގެން ތިން ދުވަހުގެ ތެރޭގައި މައްސަލަ އަށް ގޮތެއް ނިއްމަވާނެ ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ. މީގެ ކުރިން ރައީސް ޔާމިންގެ އިސްތިއުނާފް ލަސްވާ މައްސަލައިގައި ހައިކޯޓުގެ ރެޖިސްޓަރާއާ ބައްދަލުކުރެއްވުމަށްވެސް އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެދުވަހު ރެޖިސްޓަރާ ބައްދަލުކުރައްވާފައެއް ނުވެއެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީނުގެ މައްޗަށް ދެ ދަޢުވާއެއް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ޕީޖީން އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ރ.ފުއްގިރި، ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްގެން ލިބުނު 1،117،000 ޑޮލަރު، މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓު ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެފައިސާ ލޯންޑާކުރުމަށް ފަށަލަކޮށްފައިވާ ކަމުގެ ތުހުމަތުގައި، މަނީ ލޯންޑަރިންއާއި ރިޝްވަތުގެ ދަޢުވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން