ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އޭނާ ވެވަޑައިގަންނަވާނީ ލީޑަރަކަށް ކަމަށާއި، އެއްވެސް ސިޔާސީ ބޭފުޅެއްގެ ދަށުން ދެން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މިހުރީކީއެއް އެއްވެސް ބޭފުޅެއްގެ ދަށުން މަސައްކަތްކުރާކަށް ނޫން. އަދި ރައީސް ޔާމިނުވެސް ހިމެނޭހެން އިނގޭތޯ. ޔާމިންގެ ލީޑާޝިޕްގެ ފަހަތަށް ނާރާނަން. ގާސީމް އިބްރާހިމްގެ ލީޑާޝިޕްގެ ފަހަތަކަށް ނާރާނަން. އެއްވެސް މީހެއްގެ ލީޑާޝިޕްގެ ފަހަތައް އަޅުގަނޑު ނާރާނަން. އަލުގަނޑު ފޮލޯ ނުކުރާނެ ދެން އެއްވެސް ލީޑަރެއް. އަޅުގަނޑުވާނީ ލީޑަރަކަށް." އުމަރު ވިދާޅުވި އެވެ.
އުމަރުވަނީ ޕީޕިއެމް އުފެއްދުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިނާ އެއް ހަމައެއްގައި މަސައްކަތް ކުރައްވާފައިވާނެކަމް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށާއި އޭނާއަކީ ޔާމިންގެ ސަޕޯޓަރެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެއްވެސް ޕާޓީއަކަށް ސަނާ ކިޔަން ވަޑައި ނުގަންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިއީ އެހެން ލީޑަރުންގެ ވަގުތެއް ނޫންކަމަށާއި ސިޔާސީ އެންމެ މަތީ ދަންމަރު ހަވާލުކުރަންޖެހޭނީ ޒުވާނުންގެ ލީޑާޝިޕަކާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ މީގެ ކުރިން ރައީސް ކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ރައީސް ކަން ނުލިބޭނެ ކަމަށް މި ޕްރޮގުރާމްގައި ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ ކުރީގެ ރައީސުން އިންތިޚާބުގައި ވާދަކުރުމަކީ ވަގުތު ބޭކާރު ކުރުމާއި ފައިސާ ބޭކާރު ކުރުން ކަމަށެވެ.
ޕީޕިއެމްގެ ރައީސް، ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށް އެޕާޓީން ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު