މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑުއެއްސެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މަސްވެރިންގެ ގާތަށް ވަޑައިގެންފިއެވެ.
މަސްވެރިންގެ ޙާލަތު ބެއްލެވުމަށް މަސްދޯނި ފަހަރަށް ކުރެއްވި ޒިޔާރަތަށްފަހު ޤާސިމް ވިދާޅުވީ މަސްވެރިންގެ ހާލަތު ރަނގަޅު ކުރެވޭނީ ސީދާ މަސްވެރިންގެ ފަރާތުން އެ ޝަކުވާތައް އަޑުއަހައިގެން ކަމަށެވެ.
ޤާސިމް ވިދާޅުވީ ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކިމިންވަރަށް އިހްމާލުވެފައި ކަމަށެވެ.
“އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް،” ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންގެ އެންމެބޮޑު ޝަކުވާ އަކީ ބުރަމަސައްކަތުން ބާނާ މަސްކޮޅު ނުކިރިގެން އުކާލަން ޖެހުމެވެ. އެގޮތުން މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދުވެސް ވިދާޅުވެފައިވަނީ އައިސް ނުލިބުމާއި މަސް ވިއްކުމަށް ގިނަވަގުތު ކިއުގައި ހޭދަކުރަންޖެހުމުން ބާނާމަސްކޮޅު ކުނިވެ އުކާލަން ޖެހޭކަމަށެވެ.
އަދި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް ފެސިލިޓީ ގާއިމްވެފައިނުވާތީ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ. pic.twitter.com/BgE1bHg2O4
— Qasim Ibrahim (@qasimibrahim) June 16, 2023
ޤާސިމް އިބްރާހިމް މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންގެ އެންމެބޮޑު ޝަކުވާ އަކީ ބުރަމަސައްކަތުން ބާނާ މަސްކޮޅު ނުކިރިގެން އުކާލަން ޖެހުމެވެ. އެގޮތުން މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދުވެސް ވިދާޅުވެފައިވަނީ އައިސް ނުލިބުމާއި މަސް ވިއްކުމަށް ގިނަވަގުތު ކިއުގައި ހޭދަކުރަންޖެހުމުން ބާނާމަސްކޮޅު ކުނިވެ އުކާލަން ޖެހޭކަމަށެވެ.
އަދި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވެނީ އެހުރިހާ މަހެއް ގަތުމަށް ބޭނުންވާ މިންވަރަށް ފެސިލިޓީ ގާއިމްވެފައިނުވާތީ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު