ކުރީގެ ހޯމް މިނިސްޓަރު އަދި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އުމަރު ނަސީރަށް ޕީޕިއެމް /ޕީއެންސީ ލިބިދާނެ ކަމަށް ހީނުކުރެއްވުމަށާއި، އެ ޖާގަ ނުދެއްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އުމަރު ނަސީރަށް އިދިކޮޅު ކޯލިޝަނުން ޖާގައެއް ނެތް ކަމަށެވެ. އަދި ތަބަކަކަށް ލައިގެން ޕީޕީއެމް/ ޕީއެންސީ އުމަރުގެ އަތްޕުޅަށް ލައިދޭނެކަމަށް ވިސްނުން ނުބެހެއްޓުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

"އުމަރު ނަސީރަށް ހީވަނީތޯ އަޅުގަނޑުމެން ތަބަކަކަށް ލައިގެން އުމަރަށް ޕީޕީއެމް/ ޕީއެންސީ ދީފާނެއޭ. ހަނދާންނައްތާލާ! އެކަމެއް ނުވާނެ. އުމަރުނަސީރަކަށް ޕީޕީއެމް/ ޕީއެންސީގެ ޖާގައެއް ނުލިބޭނެ."  އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އޭނާ ދައްކާ ވާހަކަތަކަށް ރައްދު ދޭވަރުގެ ބޭފުޅެއްވެސް ނޫން ކަމަށް ވިދާޅުވެ އަދުރޭ ވަނީ އުމަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އޭނަ އަމިއްލަ ފަރުދެއް އެއީ. މިހެން މަގުމަތީގަ ހިނގާފަ ދާ މީހަކު މީ ސަރުކާރެއް ނޫނެކޭ ބުންޏަސް ނޫނީ މިވެނި އެއްޗެއް ނޫނެކޭ ބުންޏަސް. އަޅުގަނޑުމެން މި ކުރާ މަސައްކަތް މިކުރަނީ މުޅި ލީޑާޝިޕްގައި މަޝްވަރާ ކުރެވިގެން އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކުގެ މަތިން. ސިޔާސީ މައިދާނުގައި އުމަރު ނަސީރަކީ އޭނަ ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ޖަވާބުދޭ ވަރުގެ ބޭފުޅެއް ނޫން." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވިއެވެ.

ސީއެންއެމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތުން ދެން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްއާއެކު ދެން މަސައްކަތްކުރައްވާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުން ކަމަށް އުމަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޕާޓޭ

08-Jul-2020

ނޫން އަދުރޭ ޢުމަރަށް ލީޑަރު ކަން ދީގެން ކަލޭމެންނަށް ކުރިޔަށް ދެވެން އޮތީ އެކަން އަވަހަށް ކުރޭ


8

ދަވާލި19

08-Jul-2020

އުމަރާ ކަލޭވެސް ކެނޭރީގޭ މޮޔަކުށްޖާ މާބޮޑުތަފާތެއްނެތެއނޫން


-1

ޙަސަން ބުޝްރީ

08-Jul-2020

އުމަރާ! ތިހިރީ ރާކަނިމަސް ރަގަޅަށް ކެވިފަ. ސާބަހޭ އަދުރޭ.


7

ޙަސަން ބުޝްރީ

08-Jul-2020

އުމަރާ! ތިހިރީ ރާކަނިމަސް ރަގަޅަށް ކެވިފަ. ސާބަހޭ އަދުރޭ.



ޓްރެންޑިން