މާފުށި
މާފުށި
މާފުށީގައި ދޮން ބައްޕަ 10 އަހަރުގެ ދޮން ދަރި ރޭޕް ކުރުމުގައި މަންމަގެ ބައިވެރިވުން އޮތް ކަމަށް ބުނެ މުޒާހަރާ ކުރަން ފަށައިފިއެވެ.

މާފުށީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރަނީ އެ ކުއްޖާގެ ދޮން ބައްޕައެވެ. އެ މައްސަލައާ ގުޅިގެން 57 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެކަމާ ގުޅިގެން އެދެމަފިރިން އުޅޭ ގެ ކައިރީގައި މާފުށީ ގިނަ ބަޔަކު މިއަދު ހަވީރުން ފެށިގެން ދަނީ މުޒާހަރާ ކުރަމުންނެވެ. ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ އެކަން ފޮރުވި މަންމައަކު ރަށުން ބޭލުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފާއެވެ.

ރަސް އޮންލައިން އަށް އެނގިފައިވާގޮތުގައި މިމައްސަލައިގައި ހިމެނޭ ކުއްޖާގެ މަންމަ މިވަގުތު ހުރީ މާފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން