ތިލަފުށީ ގުދަނެއްގައި މިރޭ އިރާކޮޅު އަލިފާން ރޯވި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

މިރޭ އިރާކޮޅު އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް މުޅިން ނިއްވާލެވުނީ 12:30 ހާއިރު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ތިލަފުށީގައި އަލިފާން ރޯވެފައިވަނީ "ސެކިއަރ ބޭގް" ގުދަނުގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ރިޕޯޓު ކޮށްފައިވަނީ މިރޭ 8:24 ގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ތިލަފުށީގައި ތިބޭ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރޯވި އަލިފާން ނިއްވާލުމަށް މާލެއިންވެސް ޓީމެއް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



އަލިފާން ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ނިއްވުމުގައި ފޯމާއި ފެންވެސް ވަނީ ބޭނުން ކޮށްފައެވެ.



އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އަދި މިހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.




ކިޔުންތެރިންގެ ހިޔާލު


6

ނަޝީދު

08-Jul-2020

މި ފަހަރު މީ މާލޭގއި ހިނގި ކަމެއްނަމަ ޔަގީނުންވެސް މުޅި ހިސާބު އެވަކުއޭޓް ކުރަންޖެހި އެތަށްބައެއް މަގުމަތިވީށް. އެހެންވީމާ ތިލަފުށްޓަށް ދެންވެސް ގުދަންކުކޮށްފއި ހުރި ހުރިހާ އެއްޗެއް ހަމަ ބަދަލުކޮށް ނިންމާލަންވީ. ވަކި ކެމިކަލެއް ނޫން. ހުރިހާ އެެއްޗެއްވެސް



ޓްރެންޑިން