ސިއްހީީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ސިއްހީީ އޮފިޝަލުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ
ރާއްޖެ އިން މިއަދު އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 45 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 07 ދިވެހިންނާއި ބަންގްލަދޭޝްގެ 03 މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 10 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2501 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 45 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2158 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 326 މީހުންނެވެ. އައިސޮލޭޝަންގައި 273 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 107 މީހުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން މަރުވެފައިވަނީ 12 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން