މިއަހަރުގެ މެއިމަހުގެ ނިޔަލަށް ގްރީން ފަންޑުން 261 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ގްރީން ފަންޑަށް ޖަމާވީ 476 މިލިއަން ރުފިޔާއެވެ. މި ފަންޑަށް ޖަމާވަނީ ގްރީން ޓެކުހުގެ ގޮތުގައި ނަގާ ފައިސާއެވެ.

ގްރީން ފަންޑަށް މެއި މަހު 83 މިލިއަން ރުފިޔާ ލިބިފައިވާއިރު އެފަންޑުން މެއިމަހު ޚަރަދު ކޮށްފައިވަނީ 7.4 މިލިއަން ރުފިޔާއެވެ. މެއި މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް 29 މިލިއަން ރުފިޔާ ލިބިފައިވާއިރު ރ. އަތޮޅުން 8.2 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވެއެވެ.

ފާއިތުވި އަހަރު ނިމުނުއިރު ގްރީން ފަންޑުން ޚަރަދު ކެނޑުމަށްފަހު ބާކީ 774 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ގްރީން ފަންޑުން ހަރަދުކޮށް ބާކީވި 214 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ މިދިޔަ އަހަރުގެ ބާކީއާއެކު 988 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ގްރީން ފަންޑަށް އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސް ނަގަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން