ކައުންސިލްތަކާއި އެލްޖީއޭ އުވާލުމަށް ގޮވާލައި ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މި ޤަރާރަކީ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރެކެވެ. "ކޯވިޑް-19" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާ މިދަނޑިވަޅުގައި ބޭކާރު ޚަރަދު ކުރުމަށް ވުރެ ބޭނުންތެރި ކަމެއް ކުރުމަކީ މުހިންމު ކަމެއްކަމަށް ވެސް ޖާބިރުގެ ގަރާރުގައި ބުނެފައި ވެއެވެ.

ޤަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ޖާބިރު ގެ ޤަރާރުގައި ބުނެފައިވަނީ ވަނީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ އެންމެހައި ކައުންސިލްތަކާއި، ކައުންސިލްތަކުގެ ޒިންމާދާރު ފަރާތް އެލްޖީއޭ އުވާލުމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް "ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެއްޓެވުމަށް ޖާބިރުުގެ ޤަރާރުގައި ވަނީ ހުށަހަޅުއްވާފައެވެ.

އަދި މިހާލަތުގައި ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓުވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސަރުކާރުން ކުރަންޖެހިފައިވާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަކީ މުހިންމުކަމެއްކަމުގައި ޖާބިރު ހުށައެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާޒިއާފް

22-Jul-2020

މިހިނދުން މިހިނދަށް ކާށިދޫދާއިރާ އުވާލަން ގވާލަން އެއިރުން ރައްޔިތުންގެ ބޮލަށް ފަސޭހަވާނެ



ޓްރެންޑިން