ފުލުހުން ބޮޮޑުފިނޮޅު އޮޕަރޭޝަނަށް ތައްޔާރުވަނީ
ފުލުހުން ބޮޮޑުފިނޮޅު އޮޕަރޭޝަނަށް ތައްޔާރުވަނީ
ބ. ބޮޑުފިނޮޅަށް އަރަން މަސައްކަތް ކުރި މީހުން ދިޔަ ލޯންޗަށް ހަމަލާ ދެވުނީ ގޭންގު ބައެއް ކަމަށް ހީކޮށްގެން ކަމަށް އެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު ބުނެފި އެވެ.

މައްސަލާގައި ހައްޔަރު ކުރި ބިދޭސީއަކު ގާނޫނީ ވަކީލެއް މެދުވެރިކޮށް އެ ހާދިސާ ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަނުޖެހުން ހިންގަން މެދުވެރިވީ ސީލް މޯލްޑިވްސްގެ މުހައްމަދު އިދްރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުން ކަމަށާއި އެ މީހުން މުސާރަ ނުދީ ގައުމަށް ފޮނުވާލާނެ ކަމުގެ އިންޒާރު ދޭން ފެށުމުން ކަމަށެވެ.

އެ އިންޒާރާއެކު ގޭންގު ބަޔަކު އެ ރަށަށް އަރަން މަސައްކަތް ކުރި ކަމަށާއި އަމިއްލަ ސަލާމަތަށްޓަކައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެ މީހުން ރަށަށް އެރުން ނާކާމިޔާބުވި ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އޭގެ ފަހުން ރޭގަނޑު އަނދިރީގައި ބަޔަކު އަނެއްކާވެސް ރަށަށް އަރަން އުޅޭ ތަން ފެނުމުން އެ މީހުންނަކީ ކުރިން ވެސް ތޫނު ހަތިޔާރާއެކު ރަށަށް އަރަން އުޅުން މީހުން ކަމަށް ހީކޮށް އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ ފުލުހުންކަން އެނގުނީ މާ ފަހުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބިދޭސީންނަށް ބިރު ދައްކާ ހެއްކަށް ނުފޫޒު ފޯރުވޭ ގޮތައް އޭނާ ދޫކޮށްލާފައި ހުރުމަކީ ކަންބޮޑުވުމެއް ކަމަށާއި 200 އެއްހާ ބިދޭސީންގެ ފުރާނައަށް ގެއްލުންވާ ގޮތައް އޭނާ އަމަލުކޮށްފައިވާއިރު އޭނާއާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ކުށްވެރި ކުރާ ކަމަށް ބިދޭސީ މީހާއާ ހަވާލާދީ އެ ބަޔާނުގައިވެއެވެ.

ބިދޭސީންނަށް ބަޔަކު ވަޅިން ހަމަލާ ދޭނެ ކަމަށްބުނެ ބިރު ދައްކާ ކަމާއި މަރާލާނެ ކަމަށް ބުނި ކަމަށް ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ދިޔަ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ވެސް ބިދޭސީން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނު ކޮށްގެން ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ވަނީ އެ ރަށަށް އަރަން އެކި ފަހަރު މަތިން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެތަނުގައި ތިބި ބިދޭސީން ވަނީ ރަށަށް އަރަން ދިޔަ ފުލުހުންނާ ދިމާލަށް ގަލާއި ދަގަނޑު ފަދަ ތަކެތި އުކާ އެ މީހުން ރަށަށް އެރުމަށް ހުރަސް އަޅައި ހަމަލާދީފައެވެ. ބޮޑު ފިނޮޅުގައި ހިންގި ހަމަނުޖެހުންތަކުގައި އެ ރަށުގައި ހުރި މުދަލާއި އިމާރަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެމައްސަލައިގައި 19 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ތިމަންނަ

09-Jul-2020

އަދިވެސް އަހަރުމެންގެ ފުލުހުން މިއުޅެވެނީ މާފަހަތުގަ ނޭޒާ އާއި ކަނޑި ހިފައގެންނެވެ. ކުރިމަތި ވަމުން މިދާ " ޓްރޭނިން ތަކުން" ފުރިހަމަ ތަޖުރިބާއާއި ތަމްރީނު ލިބޭނެކަން ޔަގީނެވެ.



ޓްރެންޑިން