ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގައި ގަރާރެއް މެދުވެރިކޮށް ގާނޫނު އަސާސީ އުވާލުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަވަހާރަކޮށްލުން ފަދަ ވާހަކަތައް ވެސް ދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި އިއްވުމާއެކު ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަ ކުރެއްވި ނުކުތާއަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މަޖިލީހުގައި ގަރާރެއް ހުށަހަޅައިގެން ކޮންމެ ވާހަކައެއް ވެސް ދެއްކެވި ދާނެ ކަމަށެވެ. ގާނޫނު އަސާސީ އުވާލުމާއި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ ވެސް ދެއްކޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ ގާނޫނު އަސާސީ އުވާލާ ވާހަކަ ވެސް. މި މަޖިލީހުގައި ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން ދެއްކި ދާނެ މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ނިޒާމީ ނުކުތާއެއް ނަންގަވައި އީވާ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ގަރާރެއް މެދުވެރިކޮށް ކޮންމެ ކަމަކަށް ވެސް މަޖިލީހުގައި ވާހަކަ ދެއްކެވިދާނެ ކަމަށާއި ޖާބިރުގެ ގަރާރު ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މަޖިލީހުގެ މެންބަރަކު އަވަހަރާކޮށްލުމުގެ ވާހަކަ ވެސް މަޖިލީހުގައި ދެއްކެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މީހަކު މަރާލުމަކީ ގާނޫނުލް އުގޫބާތުގައި ވެސް ހިމެނޭ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން