ފަތުރުވެރިކަމުގައި ރާއްޖެއާ އަޅާކިޔޭނެ އިތުރު މަންޒިލެއް ނެތްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ގްރީސްގެ ރިސޯޓަކުން، ރާއްޖެއަށް ވުރެ އަގުހެޔޮކޮށް ހިދުމަތްތައް ލިބޭ ކަމަށް ބުނެ ޑެއިލީ މެއިލްގައި ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއާ އަޅާކިޔޭނެ އިތުރު މަންޒިލެއް ދުނިޔޭގައި ނެތްކަމަށެވެ.
ތަކުރާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައުމާއި އަހަރުން އަހަރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާކަމަށް ޑރ. މައުސޫމު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖެއަކީ މެހެމާންދާރީ އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް މަންޒިލެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖެއަކީ ފާއިތުވެދިޔަ ތިން އަހަރުވެސް ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދާފައިވާފައިވާ ޤައުމުކަން ޑރ. މައުސޫމް ފާހަގަކުރެއްވިއެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ހަމައެއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7.8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.

The high percentage of repeater tourists & ever increasing new arrivals to the #Maldives suggest that no other destination compares to Maldives, especially the Maldivian hospitality. Visit Maldives The World's Leading Destination (winner 3 times @WTravelAwards) @visitmaldives https://t.co/qLS2MyU3FZ
— Abdulla Mausoom (@Mausoom_Maus) June 25, 2023
ޑރ. މައުސޫމް މިހެން ވިދާޅުވެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ހަމައެއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7.8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ކިޔުންތެރިންގެ ހިޔާލު