ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވުމާ ގުޅިގެން ރައްޔިތުންގެޮ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވައިފިއެވެ.

ސިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ހަނދާން ހުންނަންފެށީއްސުރެވެސް މާލެއަށް ދިމާވެފައި އޮތް އެންމެބޮޑު މައްސަލައަކީ މާލޭ ރައްޔިތުންގެ ގޯތި ގެދޮރުގެ މަައްސަލައެވެ. މިމައްސަލައަށް އިންގިލާބީ ހައްލެއް ގެނެސްދެއްވައި މާލޭ ސަރަހައްދުގެ އެންމެ ބޮޑު މައްްސަލައިގެ ނިޒާމަށް މިގެނެސްްދެއްވި ބަދަލަށްޓަކައި ރައީސުލް ޖުމްޙޫރިއްޔާ‬⁩އަށް ހިތުގެ އިހްލާސްތެރި ޝުކުރާއި މަރުހަބާ ދަންނަވާކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ. އަދި ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާއެވެ.



ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން