ރާއްޖޭޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލު ކުރައްވަނީ
ރާއްޖޭޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލު ކުރައްވަނީ
އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް މެއިލް ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުން ދެއްވި ފުރުސަތެއްކަމަށާއި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށްކަމަށެވެ.

އަދި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެކަމަށާއި މިގޮތަށް ބޭސްފަރުވާއަށްދާ މީހުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތްތަކުން އަމިއްލައަށް ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާއަށް އިންޑިއާއަށް ދިއުމުގެ ހުއްދަ ލިބިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.

އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށް އެގައުމުން ދިން ފުރަތަމަ ހުއްދަކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ފަރުވާލިބެން ނެތް ބަލިތަކަށް ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންއަށް ދިއުމުގެ ހުއްދަ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން