ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއާ ގުޅޭ މައްސަލަ ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއާ ގުޅޭ މައްސަލަ ދިރާސާކުރުން
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން މެމްބަރު ޚަދީޖާ އަބްދުﷲ އެވެ. ކޮމިޝަނުން ވަކިނުކުރުމަށް ނިންމާފައި ވަނީ މިސަރުކާރުން ކޮމިޝަނަށް އައްޔަންކުރެއްވި ކޮމިޝަންގެ މެމްބަރު ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދެވެ. ކޮމިޝަނުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރާ މިންވަރާ ގުޅޭ މަޢުލޫމާތު ހޯދުމަށްޓަކައި އެ ކޮމިޝަނަށް އެންމެ ފަހުން ޢައްޔަނުކުރި މެންބަރު ޖިހާދު ވަނީ ސަބް ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި ކޮމިޓީން ނިންމީ އެ ހަތަރު ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަަމަށެވެ. އެހެންކަމުން އެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.

މިމައްސަލަ ސަބްކޮމިޓީގައި ދިސާރާކުރަމުން ދިޔައިރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން