ނ. މާފަރުން ފެނުނީ "ބުޅަލެއް" ކަމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

މާފަރު ކައުންސިލުން މިއަދު ބުނީ ހަތިޔާރާއެކު ސިފައިން އެރަށަށްގޮސް ބެލިބެލުމުން މިހާތަަނަށް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައި ނުވާކަމަށެވެ. އެހެންކަމުން އެރަށުން ފެނުނީ "ބުޅަލެއް" ކަމަށް މިހާރު ވަނީ ނިންމާފައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މާފަރު ކައުންސިލުގެ ބަޔާނުގައި ވަނީ ދައުރުވަމުންދާ ވީޑިއޯ ކަމާބެހޭ ފަރާތްތަކުން އެނަލައިޒް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަަމަށް އެފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

“މިއަދު އިތުރު ސިފައިން މާފަރަށްގޮސް މާފަރު އެެއަރޕޯރޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައެވެ. ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެއެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއްކަމަށެވެ.” އެކަމާ ގުޅިގެން އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

މާފަރު އެއާޕޯޓް ކައިރިން މިނިކާވަގެއް ކަމަށް ބެލެވޭ ޖަނަވާރެއް ފެނިގެން ރިޕޯޓް ކުރީ އިއްޔެ ހަވީރު އެވެ. އެކަމާގުޅިގެން އިއްޔެ އާއި ރޭވެސް ސިފައިން ވަނީ މިނިކާވަގު ފެނޭތޯ މަސައްކަތް ކޮށްފައެވެ.

މާފަރުގައި ތިބޭ ސިފައިންނަށް އެމަސައްކަތް ކާމިޔާބު ނުވުމުން ސިފައިންގެ އިތުރު ޓީމެއްވެސް ހަތިޔާރާއެކު އެރަށަށް ގޮސްފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ، މާފަރު އެއަރޕޯޓް ސަރަހައްދުން ބުޅަލެއް ފިޔަވާ އިތުރު އެއްވެސް ފެނިފައި ނުވާތީ، އިތުރަށް ފޮނުވި ސިފައިން މިހާރު އެނބުރި އައިސްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން