ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ޤާސިމް މިއަދު ވިދާޅުވީ މި މަތިވެރި ޢީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް ޢާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުޞަތެއް ކަމަށެވެ.
“މި އުފާވެރި ފުރުޞަތުގައި އަޅުގަނޑުމެން އިސްކަންދޭންވާނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތާއި ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް.” ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޢީދުގެ އުފަލުގައި މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރުން ކުރިޔަށް ގެންދަންވާނެ ކަމަށެވެ.
ހަމައެއާއެކު އެންމެންގެ މެދުގައި ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަކަން އާލާކުރުމަށް ޤާސިމް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު