މިއަޙަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީ ގައި ތަފާތު ގޮތަކަށް “ހަ ވާ” އަރުވައިފިއެވެ.

ކުޅުދުއްފުށީގައި މިފަހަރުގެ ޢީދުގައި "ހަވާ" އަރުވާނެކަމަށް އިއުލާންކޮށްފައި އޮތުމުން ގިނަ ބަޔަކު އެރަށު ހިއްކި ބިމަށް ޖަމާވި ނަމަވެސް މިފަހަރު އެރުވީ ހަވައެއް ނޫނެވެ. އޭގެ ބަދަލުގައި މައްޗަށް ނަގާފައިވަނީ 6 ވަލެވެ.

އެގޮތުން ހަވާ އަރުވަނީކަން އިއުލާންކޮށް 6 ވާގަނޑަށް ފޮށިތަކެއް ވަނީ އަރުވާފައެވެ. ސައިޒުން މާބޮޑު ނޫން އެ ފޮށިތަކުގައި އެކަކުން ހަޔަކަށް ނަމްބަރު ޖަހާ، "ވާ" މިހެން ލިޔެފައި ހުއްޓެވެ.

މިކަމާމެދު ހިތްހަމަ ނުޖެހިގެން އެރަށުގެ ބައެއް ރައްޔިތުންވަނީ ކައުންސިލްގައި މައްސަލަ ޖައްސާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް ކައުންސިލުން ބުނެފައިވަނީ އެކަން އިންތިޒާމުކުރީ އަމިއްލަ ފަރާތަކުން ކަމަށާއި އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތަށް ޢީދުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން