ބ. އަތޮޅު ފެހެންދޫގެ ދަރިވަރުން އެ އަތޮޅު ގޮއިދޫ ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަމަޖައްސައިފިއެވެ.
މިއަދު މާލެގެ އެއްނަންބަރު ޖެޓީގައި އޮތް ރަސްމިއްޔާތެއްގައި އިންޑިޔާ އިން ވަނީ އެ ފެރީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މި ހިލޭ އެހީއަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ދިން އެހީއެއް ކަން ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 2.5 މިލިއަން ރުފިޔާއެވެ. ކުރީގައި ފެހެންދޫގެ ސްކޫލްގައި ކިޔަވައިދިން ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން 2008 ގައި އެރަށު ސްކޫލް ވަނީ ބަންދުކޮށްފައެވެ.
އާބާދީގައި 300 އެއްހާ މީހުން ހިމެނޭ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ފެހެންދޫ ސުކޫލު ދަރިވަރުން އެ އަތޮޅު ގޮއިދޫ ސުކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަނީ މަތި ހިޔާކޮށްފައި އޮންނަ 18 ފޫޓުގެ ޑިންގީއެއް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 3 ދަތުރު ކުރަންޖެހޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

Delighted to witness the handover of the Fehendhoo-Goidhoo Student Ferry facilitated with 🇮🇳 grant. This project affirms GoM's strong commitment to provide equal access to quality education, & towards socio-economic development of local communities – a vision 🇲🇻&🇮🇳 share. pic.twitter.com/15h9KOoJl8
— Abdulla Shahid (@abdulla_shahid) July 8, 2020
ސަރުކާރުން މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 2.5 މިލިއަން ރުފިޔާއެވެ. ކުރީގައި ފެހެންދޫގެ ސްކޫލްގައި ކިޔަވައިދިން ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން 2008 ގައި އެރަށު ސްކޫލް ވަނީ ބަންދުކޮށްފައެވެ.
އާބާދީގައި 300 އެއްހާ މީހުން ހިމެނޭ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ފެހެންދޫ ސުކޫލު ދަރިވަރުން އެ އަތޮޅު ގޮއިދޫ ސުކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަނީ މަތި ހިޔާކޮށްފައި އޮންނަ 18 ފޫޓުގެ ޑިންގީއެއް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 3 ދަތުރު ކުރަންޖެހޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު