އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ މާލެއާ 1748 ކިލޯ މީޓަރު ދުރުން ދެކުުނު އިންޑިއާ ކަނޑަށް މިއަދު މެންދުރު 12:29 ހާއިރު ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
މިބިންހެލުމުގެ ބާރުމިނުގައި 6.0 މެގްނިޓިއުޓް ހުރިކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑް ބާރުމިނުގައި ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

An earthquake of magnitude 6.0 occurred in South Indian Ocean. No threat to Maldives. pic.twitter.com/Szho0FHS8J
— Maldives Meteorology (@MetMaldives) July 1, 2023
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު