މިއަހަރުގެ ފުރަތަމަ ހަމަސް ނިމުނުއިރު 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ ޖޫންމަހުގެ 28ގެ ނިޔަލަށް ރާއްޖެއަށް ވަނީ 920،156 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 805،995 ފަތުރުވެރިންނެވެ.
މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު 14.2 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އާއި ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1.6 މިލިއަން ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު