ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އިންސާފު ނުލިބެނީ ގާނޫނު ތަންފީޒުކުރަން ތިބި މީހުން ފެއިލްވުމުން ކަމަށާއި މިއަދު އިންސާފަކީ ފަޅެއްގައި އަޅާފައި އޮންނަ ސަފާރީ އަކަށް ކިޔާ ނަމެއް ކަމުގައި ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންސާފު ގާއިމް ނުކުރެވެނީ ގާނޫނު ތަންފީޒު ކުރަން ތިބި މީހުން ފެއިލްވުމުން ކަމަށެވެ.

"ގާނޫނު ތަށް އެބަހުރި ސިސްޓަމް ތެރޭގައި ގާނޫނުތަށް ތަންފީޒު ކުރަން ތިބި މީހުން ފެއިލްވީމާ، އެހެންވީމާ އިންސާފު ނުލިބެނީ، އިންސާނީ ހައްގުތައް ކަށަވަރު ނުވެގެން މިއުޅެނީ." ޝިޔާމް ވިދާޅުވިއެވެ.

މިއަދު އިންސާފަކީ ފަޅެއްގައި އަޅާފައި އޮންނަ ސަފާރީ އަކަށް ކިޔާ ނަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ އެ އިޝާރަތް ކުރެއްވީ ދާދިފަހުން ސަފާރީއެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ދެމީހުން ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކުރައްވާފައި ކަމަށް ބެލެވެއެވެ.

ޝިޔާމް ވަނީ އެންމެ ގަދަ އަށް މީގެ ކުރިން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކި މީހުން މިއަދު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

" މިއަދުގެ ސަރުކާރު ގަބޫލުކުރާގޮތުގައި އިންސާނީ ހައްގުތަކަކީ ފުއްޖަހާފައި މޭކަޕްކޮށްފަ ހުރި އެއްޗެއްގެ ގޮތުގައި އިންސާނީ ހައްގުތައް." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން