މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިރޭ އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ކަމަށެވެ.

"ރަސް އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދު އިސްތިއުފާ ދެއްވަން އެންގެވީ ޖިންސީ ގޯނާ ނުވަތަ ބަދުއަޚުލާގީ މައްސަލައެއްގައެވެ.

މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން