މަސައްކަތުގެ މާހައުލުގައި ބަދުއަޚުލާގީ އަމަލުތަކެއް ހިންގަވާފައިވާ ކަމުގެ ތުހުމަތާއެކު ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެކަން ދިފާޢުކުރައްވަން ފަށްޓަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހް ވަނީ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް މިރޭ އަންގަވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއެކު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

"ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އަޅުގަނޑުގެ ހަކަތަ ތެދުވެރިކަމާއި ވަފާތެރިކަމާއިއެކު ބޭނުންކުރަން ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް." ޖުމުހޫރީ ޕާޓީގެ ސްލޮޓެެއްގައި ވަޒީރު ކަމުގައި ހުންނެވި އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާއަށް ކުރާ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށާއި، މި ދުވަސްވެސް ހިގައިދާނެ ކަމަށެވެ.

"ހައްގަށް ނަސްރު ލިބޭނެ" އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ދަވާލި19

10-Jul-2020

ދެރަކަމަކީ ހައްގަށް ނަސްރު ލިބޭނެކަން އެނގޭހާލު ހައްގުތައް އެނގިވަޑައިނުގަންނަވާކަން


4

ސަޢީދު

10-Jul-2020

ތީގައިބުނާނީވަކި ކީކޭ އެހުރިހާއަންހެނުންއެވާހަކަދެއްކީ އަލީވަހީދު ނުކުރާކަމަކައްވާނަމަ ހުވާކުރުވަންވީނުން ﷲގަންދީ ދޮގުހުވައެއް ކުރަން ޔަގީނުން މަށައްނުކެރޭނެ


-7

ސައީދު

09-Jul-2020

ބޮޑެތި ފާފައަށް ކުރިންވެސް... ފަހުންވެސް.. ގޯސް.. ހަމަ ވާނީ ގޯހަށް.. އަދިވެސް ތައުބާ ވާން ނޫޅެ ދިފާވާން ތި އުޅެނީ..



ޓްރެންޑިން