ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، އެ މިނިސްޓްރީގައި މިހާރު މަސައްކަތް ކުރަމުންދާ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ މާގިރި ހޮޓެލްގައި ކަން ހާމަވެއްޖެއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު މިއަދު ވަނީ އަންގަވާފައެވެ. މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ދިޔަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވަންޓުން ވެސް ހިމެނެއެވެ. ރައީސް އޮފީހަށް މިއަދުގެ ވަގުތެއްގައި ދިޔަ މުވައްޒަފުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް އެ އަދަދު 10 އަކަށްވުރެ މަތި ކަމަށް ވަނީ އެނގިފައެވެ.

އެ މުވައްޒަފުން ރައީސްގެ އަރިހަށް ގޮސް، އެމީހުންނަށް އަލީ ވަހީދުގެ ފަރާތުން ދިމާވި ޖިންސީ ގޯނާގެ ހާދިސާތައް ރައީސް ސޯލިހާއި ވަނީ ހިއްސާކޮށްފައެވެ. އަލީ ވަހީދުގެ ފަރާތުން ދިމާވި ބިރުވެރި ކަންކަމުގެ ވާހަކަ ބައެއް މުވައްޒަފުން ރައީސަށް ދަންނަވާފައިވެއެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއައްސަވަން ބޭނުންފުޅުވެގެން ކަން އެނގިފައިވެއެވެ.

މުވައްޒަފުންނާއެކު ރައީސް ސޯލިހު ކުރެއްވި ބައްދަލުވުމަށްފަހު 10 މިނެޓްގެ ތެރޭގައި ރައީސް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. އަދި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް އެނގިފައިވެއެވެ.

މިއަދު ރައީސް އޮފީހަށް ގޮސް، ޖިންސީ ގޯނާގެ ހާދިސާތައް ރައީސްގެ އަރިހުގައި ކިޔައިދިން މުވައްޒަފުންނަށް ވެސް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވަނީ ރަސްމީ މަސައްކަތުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ. އެއީ ކޮވިޑާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވަނިކޮށެވެ. ލޮކްޑައުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނާއި މިނިސްޓަރު ވެސް އުޅުއްވީ މާގިރި ހޮޓެލްގައި ކަމަށްވެއެވެ.

ރައީސް އޮފީހަށް ދިޔަ މުވައްޒަފުންގެ އިތުރުން އެކި ދުވަސްވަރުގައި އަލީ ވަހީދުގެ ފަރާތުން އިތުރު މުވައްޒަފުންނަށްވެސް ޖިންސީ ގޯނާ ލިބުނު ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެއެވެ. އަދި އަލީ ވަހީދުގެ ފަރާތުން އެފަދަ ކަންތައްތަކެއް ކުރިމަތިވެގެން ބައެއް މުވައްޒަފުން މީގެކުރިން ވަޒީފާއިން ކެނޑިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ރައީސް ސޯލިހަށް މުވައްޒަފުން މައްސަލަ ހުށަހެޅީ، ޖެންޑާ މިނިސްޓަރު އައިޝަތު މުހަންމަދު ދީދީއާވެސް އެކަން ހިއްސާ ކުރުމަށްފަހު އެވެ. ޖެންޑާ މިނިސްޓަރު ވެސް ވަނީ އެކަމުގައި ދޫނުދެއްވާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދެއްވާފައި ކަމަށް އެނގިފައިވެއެވެ.

"މުވައްޒަފުންގެ ވާހަކަތައް އައްސަވާފައި ރައީސަށް ކީރިތި ކުރެއްވުނު." މިނޫހާ މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް މިނިސްޓަރ ޖިންސީ ގޯނާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އޮފީސް ތޭރެގައި މިނިސްޓަރގެ ކެބިންއަށް އަންހެން ސްޓާފުން ގެންގޮސްގެންނާއި ރިސޯޓަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި "ސީކްރެޓް ޗެޓުން" މުވައްޒަފުންނާއި ބަދު އަޚްލާގީ ވާހަކަތައް މިނިސްޓަރ ދައްކަވާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.

އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވައިގެން ވެސް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ. އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ރައީސަށް ޝުކުރު އަދާކޮށް އެމަނިކުފާނުގެ މި ނިއްމެވުމަށް ތައުރީފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ހަމްދަރުދީ

10-Jul-2020

އަނބި ކަބަލުންނާދުރުހުންނަވަން ޖެހުނު އިރު އެތަނުން ކަބަލަކާ ކައިވެނި ބައްލަވައިގެންނެވިނަމަދޯ .


-13

ބޯހަލާކު

10-Jul-2020

ކަރާ ފަޅައިގެން ދިޔައީމަ ވާނީީ ތިހެން


4

މޫސަ

10-Jul-2020

10 އަހަރު މަދުވެގެން އިންސާފުވެރިކަން ބަލަން މިތިބީ


2

ފުވައްމުލަކުން

09-Jul-2020

ރައީސް ކީރިތިކުރެއްވުމަކީ އަރަތެއް ޖިންސީއަނިޔާސާބިތުވެގެންޖަލުގައިހުރިމީހަކުދޫކޮށްލިއިރު,ކީރިތިނުކުރެއްވީ ކީއްވެބާ. ސަފާރީ ރޭޕްގެމައްސަލަ އޮތްބާލީ ކީއްވެ. ރައީސްއޮފީހުގައި ހުރިމީހަކު ޖިންސީގޯނާކުރިކަމަށްބުނާމައްސަލަނުބަލަނީކީއްވެ.


-2

ފަރާ

09-Jul-2020

ރައީސް އިބޫސޯލިހް ޓޫރިޒަމްމިނިސްޓަރު އަލިީވަހީދުއައް މަގާމުން އިސްތިއުފާ ދެއްވަން އެންގެވީ އޮޅުމަކުން ނޫންތޯ ޔަގީން ކުރަން ޖެހޭ.....


12

ފަރާ

09-Jul-2020

ރައީސް އިބޫސޯލިހް ޓޫރިޒަމްމިނިސްޓަރު އަލިީވަހީދުއައް މަގާމުން އިސްތިއުފާ ދެއްވަން އެންގެވީ އޮޅުމަކުން ނޫންތޯ ޔަގީން ކުރަން ޖެހޭ.....


4

ފަރާ

09-Jul-2020

ރައީސް އިބޫސޯލިހް ޓޫރިޒަމްމިނިސްޓަރު އަލިީވަހީދުއައް މަގާމުން އިސްތިއުފާ ދެއްވަން އެންގެވީ އޮޅުމަކުން ނޫންތޯ ޔަގީން ކުރަން ޖެހޭ.....


6

ވަސީމު

09-Jul-2020

ހައް ހައް ހައް ކީރިތިކުރެއްވި.. ހައް ހައް


-5

ވ

09-Jul-2020

ސާބަހޭ ރައީސް ސޯޅިހު.


5

ދަވާލި19

09-Jul-2020

ހަފްތާގެ 7 ދުވަހު އުޅުއްވިގޮތުގެވާހަކަ އެކޮޅައްގޮސް ކިޔާދިފަ އެނބުރި މިކޮޅައް އައީމާ ބަދަލުގަ 7 އަހަރުކަންނޭނގޭ ލިބޭނީ



ޓްރެންޑިން