ކޯވިޑް-19 އަށް ޓެެެސްޓް ކުރުމަށް ރެންޑަމްކޮށް ގިނަ އަދެއްގެ ސާމްޕަލް މިހާރު ނަގަމުން ގެންދޭ
ކޯވިޑް-19 އަށް ޓެެެސްޓް ކުރުމަށް ރެންޑަމްކޮށް ގިނަ އަދެއްގެ ސާމްޕަލް މިހާރު ނަގަމުން ގެންދޭ
ރާއްޖެއިން މިއަދު އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 22 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 11 ދިވެހިންނާއި ބަންގްލަދޭޝްގެ 05 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ނިޔާވި ދިވެއްސަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު ބަލިޖެހުނު 15 މީހުންނާއެކު މިހާރު ވަނީ ބަލިޖެހުނު މީހުންގެ އަދަދު 2517 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 22 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2180 އަށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 319 މީހުންނެވެ. އައިސޮލޭޝަންގައި 267 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 107 މީހުންނެވެ. މިބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 13 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން