އދ އަތޮޅުގެ ސިއްހީ މަރުކަޒުތައް ޑިޖިޓަލައިޒް ކުރުމަށް ފޮނުވި ސާމާނުވެސް ހުރީ އިއްޔެ އަޑިއަށްދިޔަ ރިކާޑޯ ދޯނީގައި ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅު ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު މިނިސްޓްރީން ފޮނުވި އައިޓީ ސާމާނު ހުރީ ރިކާޑޯ ދޯނީގައި ކަމަށެވެ.
އޭގެތެރޭގައި ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރާއި، ވީޑިއޯ ކޮންފަރެންސް ކެމެރާތަކާއި، ޓެބްލެޓްތައް ހިމެނޭގޮތުން މިލިއަނެއްހާ ރުފިޔާގެ މުދާ ދޯންޏާއެކު އަޑިއަށްގޮސްފައިވާ ކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.
ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފެށި 56 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ފަސް ރީޖަނަލް ހޮސްޕިޓަލާއި, 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަކަށް އައިޓީ ސާމާނު ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.
ރިކާޑޯ ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅާއި އަރިއަތޮޅާއި ދެމެދު އޮންނަ އަލިހުރަސް ކަނޑުން ދަތުރުކުރަނިކޮށެވެ. ދޯނީގައި ތިބި މީހުން ސަލާމަތް ކުރެވުނު ނަމަވެސް މުދާ ސަލާމަތް ކުރެވިފައެއް ނުވެއެވެ.
މިދުވަސްވަރު މޫސުން ގޯސްވެ، ކަނޑުގަދަވުމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއަދާއި މާދަމާ ބައެއް ރަށްރަށަށް އުދަ އަރާފާނެތީ ރައްކާތެރިވެ ތިބުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު