ފަތުރުވެރިކަމުގެ ވަޒީރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކޮށް، އެ ވުޒާރާގެ ހިންގުން ވަގުތީ ގޮތުން އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް އާއި ހަވާލުކޮށްފިއެވެ.
އަލީ ވަހީދު ފަތުރުވެރިކަމުގެ ވަޒީރު ކަމުގެ މަގާމުން ވަކި ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އެންގެވުމުގެ މަތިން އޭނާ އެ މަގާމުން އިސްތިއުފާ ނުދެއްވުމާ ގުޅިގެންނެވެ. އަދި އެއާއެކު، ފަތުރުވެރިކަމާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގެވުން އިޤްތިޞާދީ ވަޒީރު ފައްޔާޒް އާއި ރައީސް ޞާލިޙް ހަވާލުކުރެއްވީ މިއަދެވެ. އެކަން ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވާފައެވެ.
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެންގެވީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް އޭނާ އަމިއްލައަށް މަޤާމުން އިސްތިޢުފާ ނުދެއްވުމުން ރައީސް ޞާލިޙް މިއަދު ވަނީ އަލީ ވަހީދު މަޤާމުން ވަކި ކުރައްވާފައެވެ.
އަލީ ވަހީދަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައެވެ. އެގޮތުން، އަލީ ވަހީދު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ވުމުން އަލީ ވަޙީދު އިސްތިޢުފާ ދެއްވުމަށް ރައީސް ޞާލިޙް އަންގަވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއެކު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނާއަށް ކުރާ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށާއި، މި ދުވަސްވެސް ހިގައިދާނެ ކަމަށެވެ.
މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކެކެވެ.

އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި
— Ibrahim Hood (@MvSpokesperson) July 9, 2020
މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެންގެވީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް އޭނާ އަމިއްލައަށް މަޤާމުން އިސްތިޢުފާ ނުދެއްވުމުން ރައީސް ޞާލިޙް މިއަދު ވަނީ އަލީ ވަހީދު މަޤާމުން ވަކި ކުރައްވާފައެވެ.
އަލީ ވަހީދަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައެވެ. އެގޮތުން، އަލީ ވަހީދު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަޅާފައިވާ ވުމުން އަލީ ވަޙީދު އިސްތިޢުފާ ދެއްވުމަށް ރައީސް ޞާލިޙް އަންގަވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާއެކު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނާއަށް ކުރާ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ވަގުތު ޖެހެމުން ހަގީގަތް ހާމަވާނެ ކަމަށާއި، މި ދުވަސްވެސް ހިގައިދާނެ ކަމަށެވެ.
މީގެކުރިންވެސް އަލީ ވަހީދުގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަހަރު އެފަދަ މައްސަލަތަކެއް ހާމަވީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކް ވެގެންނެވެ. އެ އޯޑިއޯގައިވެސް ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު