ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ހައްސާން
ކުރީގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ހައްސާން
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ހައްސާން މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން މިހާރު ވަނީ ހައްސާނު މަގާމުން ވަކިކުރިކަން ކަށަވަރު ކޮށްދީފައެވެ. ހައްސާން ވަކިކުރި ސީދާ ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ހައްސާން މަގާމުން ވަކިކޮށްފައިވަނީ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެ، ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު ވަކިކޮށްފައި ވަނިކޮށެވެ.

އަލީ ވަހީދުއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހިމެނެއެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް އެންގެވީ، އަނިޔާލިބުނު ކަމަށް ތުހުމަތުކުރާ މުވައްޒަފުންނަށް ކުރި ޖިންސީ ގޯނާގެ ވާހަކަތައް އެ މުވައްޒަފުން ރައީސްއާ ބައްދަލުކޮށް ހިއްސާކުރުމުންނެވެ. އަލީ ވަހީދު އިސްތިއުފާ ދެއްވާފައިނުވާތީ، ރައީސް ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި، ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ވަޒީރަކު މަގާމުން ވަކިކުރެވުނު ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމާއި ގުޅިގެން، ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ވަނީ ހަވާލުކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން