ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް
މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފިއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ އެމްއެމްސީގެ ރައީސް ހިދާޔަތުﷲ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު މީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް އެކި މީޑިއާތަކުން ހަބަރު ފަތުރަމުންދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފްރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހަގަކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ގެނެސްދީފައިވާނަމަ އެކަމެއް ބެލުމަށްވެސް އެމްއެމްސީއަށް މަޖިލީހުގެ ސިޓީގައި އަންގާފައިވެއެވެ. މަޖިލީހުގެ ސިޓީގައި އެންމެ ފަހުން މީޑިއާ މައުންސިލާއެކު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެންބަރުން ބޭއްވެވި ބައްދަލުވުމުގައި ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ހިލާފުވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެފައިވާކަން ފާހަގަކޮށް މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ ސިޓީގައިއަންގާފައެވެ. އެ ގަވާއިދު އިއްޔެގެ ކުރިން ފޮނުވުމަށް މިމަހުގެ އެއްވަނަ ދުވަހު ފޮނުވި އެ ސިޓީގައި ވަނީ ބުނެފައެވެ.

ބައެއްމީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މީޑިޔާ ކައުންސިލްގެ ރައީސް ވިދާޅުވީ މަޖިލީހުގެ ސިޓީއާއި ގުޅިގެން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ ކައުންސިލްގެ މެންބަރުންގެ މަޝްވަރާގެ މަތިން ކައުންސިލްގެ އަޣުލަބިއްޔަތު އޮތްގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް އަންގާފައިމިވަނީ މަޖިލީހުގެ ބާރުތަކުގެ ބޭރުން އެތައް ބާރެއް އެ މަޖިލީހުގެ ތެރެއަށް ގެނެސް، ދައުލަތުގެ ވަރަށް ގިނަ އިދާރާތަކަށް މަޖިލީހުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ. އެގޮތުން ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަހުގީގްތައްވެސް މަޖިލީހުން ހިންގާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީީޑިއާ ކައުންސިލުގެ ގާނޫނުގެ މަފްހޫމަކީ މީޑިއާތަކަށް އަދަބުދީ ފިޔަވަޅު އަޅާ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި ސެލްފް ރެގިއުލޭޓްރީ ނިޒާމެއްގެ ތެރެއިން މީޑިއާތައް ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ދދދދ

10-Jul-2020

ރޭޕްފުޅު މައްސަލަ ލިއުނު ބޭރު ނޫސްތަކަށްވެސް ފިޔަވަޅު އަޅާތި ކަނބުލޯ ރަންކޮޅޭ.


3

ހައްވަ

10-Jul-2020

ތިޔަ ސަފާރީގައި ޕާޓީ ކުރަން އެލެކްސް ކިޔާ މީހަކު ހުރިތަ?


-9

ޝަކޫރުބެ

10-Jul-2020

އެލެކުސް އަހުމެދު ބިރުގަތީތޯ ފިޔަވަޅު އެޅިޔަސް ލިޔާމީހުން ލިޔާނެ


16

އެލެކޮސް

10-Jul-2020

މީ އެލެކުގަބސް އަހުމަދު ގެ މޭސްތިރިކަމުގެ ދަށުން ހިންގާ މަޖިލިސް އަކުން ތިޔަ ކަން ތިގޮތަށް ކޮށްފާނެކަމަކަށް ގަބޫލެއްނުކުރެވޭ ތިޔައީ ރައީސް ޔާމިން ގެ ސިފަތަކެއް



ޓްރެންޑިން