ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕީޖީ އޮފީހުން ބުނީ މިހާރު ވަނީ އެކަމާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މިއަދު އޮފީހުގެ ހުރިހާ މުވައްޒަފުން މަސައްކަތް ކޮށްފައި ވަނީ ގޭގައިތިބެގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި އޮފީސް ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ.

ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެޗްޕީއޭއަށް ވަނީ އަންގާފަ އެވެ. މި ހަފުތާގައި އޮފީހުގައި މަސައްކަތްކުރި މުވައްޒަފުން އަންނަ އާދީއްތަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ ގޭގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ. ގޭގައި ކަރަންޓީނުވި މުވައްޒަފުން ދެން އޮފީހަށް ނުކުންނާނީ 14 ދުވަސް ހަމަ ކުރުމަށް ފަހުގައި ކަމަށްވެސް ޕީޖީ ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އަދި، ޖުލައި ފަހަކުން ފެށިގެން މިއަދާ ހަމައަށް ގޭގައި މަސައްކަތްކުރި މުވައްޒަފުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހުގައި މަސައްކަތްކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން