ޗެނަލް 13 ލޯގޯ
ޗެނަލް 13 ލޯގޯ
ޗެނަލް 13އިން ފޮނުވި ރިޕޯޓެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

މި މަހުގެ ހަވަނަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޗެނަލް 13 ގެ މައްސަލައެއް ބަލަމުންދާ ކަމަށް ލިޔުމުން އެ ޗެނަލަށް އަންގާފައެވެ. ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އާއި ގުޅިގެން ބަލަމުންދަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދީފައިވާތީ، އެ ރިޕޯޓް އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރަމުން ގެންދަނީ، އެއީ ތެދުކަން ކަށަވަރު ކޮށްގެންކަން ބަލައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ސަފާރީ ރޭޕް ކޭސްއާއި ގުޅޭ ރިޕޯޓެއް ޗެނަލް 13 އިން ތަކުރާރުކޮށް ދައްކާ މައްސަލަ ބަލަނީ ބްރޯޑްކޮމްއަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް އެފަރާތުން ބުނި ނަމަވެސް އެއީ ކޮން ފަރާތަކުން ހުށައެޅި މައްސަލަ އެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ޗެނަލް 13 އިގެ ބައެއް ޕްރޮގުރާމްތަކުގައި އާންމު އިޖުތިމާއީ މިންގަޑާ ޚިލާފު ބަސްމަގު ބޭނުންކުރި މައްސަލައިގައި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އެއްގޮތަށް ކޮންޓެކްޓް ގެނެސްދިނުމަށް ބްރޯޑްކޮމްއިން މިއަދު އަންގާ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެނގިފައި ވެއެވެ.

ސަފާރީ ރޭޕް ކޭސްއާއި ގުޅޭ ރިޕޯޓެއް ގެންނާތީ އެމައްސަލަ ބަލައިދިނުމަށް ހުށައަޅާފައިވަނީ ކަނޑައެޅިގެން ކޮން ފަރާތަކުންކަން ބްރޯޑްކޮމްއިން ބުނެފައި ނުވި ނަމަވެސް އެ ކޭސްއާއި ގުޅޭ ގޮތުން މީޑިއާ ތަކުން ދޮގު މައުލޫމާތު ފަތުރާފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުން މަޖިީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ވަނީ މީޑިއާ ކައުންސިލަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން