އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޑޮލަރުގެ އަގު މައްޗަށް ދާނަމަ މުދަލުގެ އަގު ވަރަށް އަވަހަށް މައްޗަށްދާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މިދާ ރޭޓުން މައްޗަށް ދާނަމަ ތަކެތީގެ އަގު ވަރަށް އަވަހަށް މައްޗަށް ދާން ފަށާނެކަމަށެވެ. އަދި ކަޅު ބަޒާރުގައި ޑޮލަރުގެ އަގު 18 އަށްވުރެ މައްޗަށް ހިނގައްޖެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ އިތުރުން އެހެން ބައެއް މަޖިލިސް މެމްބަރުންނާއި، ބޮޑެތި ވިޔަފާރިވެރިންދަނީ ޑޮލަރުގެ އަގު މައްޗަށް ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން އެކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ޑޮލަރު ލިބުން ދަތިވާނަމަ ބޭރުން އެތެރެ ކުރާ މުދަލުގެ އަގު މަތިވުމަކީ އެކަށީގެންވާކަމެއް ކަމުގައި ބައެއް ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ. މާޗު މަހު ސަރުކާރުން ވަނީ ކޮވިޑު-19 އާއި ގުޅިގެން ޑޮލަރުގެ އަގު ބޮޑު ނުވާނެކަމުގެ ޔަޤީންކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން