ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 5 ދަޢުވާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކުރުމަށް ނިންމާފައިވަނީ މިއަދު 12.00 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްކުރަން ހަމަޖެހިފައިވާތީއެވެ. އެ އޮފީސް ޑިސްއިންފެކްޓް ކުރީ އެ އޮފީހުގެ އިދާރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ކްރިމިނަލް ކޯޓުން ބުނީ، އަދީބުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަތަކަކީ އެމައްސަލަތަކުގައި ގިނަ ލިޔެކިޔުންތަކެއް ހުރި މައްސަލަތަކަށްވެފައި އެމައްސަލަ ކުރިއަށް ގެންދެވޭނީ ޕީޖީ އޮފީހުގެ ޓީމު އޮފީހަށް ހާޒިރުވެގެން ނޫނީ އަޑުއެހުން ކުރިއަށް ގެންދިއުމަކީ ނުހަނު ދަތިކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މިއަދުގެ އަޑުއެހުންތައް މެންދުރުފަހު 15.00 އަށް ފަސްކޮށްދިނުމަށް އެދިފައިވީ ނަމަވެސް އެވަގުތުގައި ޖަލުގެ ކޮންފަރެންސް ރޫމު ލިބެން ނެތުމުން މިމައްސަލަތަކުގެ އަޑުއެހުން ކެންސަލް ކުރީ ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ. އަދީބުގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާއި ޚިޔާނާތުގެ މައްސަލަތަކުގެ ދަޢުވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން