ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ވިޔަފާރިތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޯވިޑް ރިކަވަރީ ލޯނު ސްކީމަކީ ކޯވިޑްގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑު ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ވަނީ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ބޮޑެތި 419 ވިޔަފާރިއަކަށް 586 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އޭގެއިތުރުން ކުދި އަދި މެދުފަންތީގެ 2،133 ވިޔަފާރިއަކަށް ކޮވިޑް ރިލީފް ލޯނު ގޮތުގައި 367 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ. ހަމައެއާއެކު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ގޮތުގައި އީއައިބީއިން 637 މިލިއަން ރުފިޔާ އަދި އެސްޑީއެފްސީން 39 މިލިއަން ރުފިޔާ ދޫކުރި ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ތަފާސްހިސާބު ދައްކާގޮތުން މާލީ އިދާރާތައް މެދުވެރިކޮށް ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ވިޔަފާރިތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ސަރުކާރުން ދޫކުރިއެވެ.
ކޮވިޑް ރިކަވަރީ ލޯނުތައް ތަޢާރަފްކުރުމުގައި ސަރުކާރުގެ ވިސްނުމަކަށްވީ، ވިޔަފާރިތައް ހަލާކުނުވެ ހިފަހައްޓައި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދީ ޢާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު