ރާއްޖޭގެ އުރުރާ ދެކުނުގެ ބަނދަރު ތަކަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ ކުޑަކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި މިހާރު 200 ޕަސެންޓް ނަގާ ދުންފަތުގެ ބާވަތްތައް ވެސް ހިމެނޭ
ރާއްޖޭގެ އުރުރާ ދެކުނުގެ ބަނދަރު ތަކަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޑިއުޓީ ކުޑަކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި މިހާރު 200 ޕަސެންޓް ނަގާ ދުންފަތުގެ ބާވަތްތައް ވެސް ހިމެނޭ
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓު ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމި ނިންމުން ބަދަލު ކުރަން އިމްޕޯޓް، އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އައްޑުއާއި ކުޅުދުށްފުށީގެ ޕޯޓުތަކުން އެތެރެކުރާ ތަކެތީގެ ތެރެއިން 50 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދުންފަތާއި ރާ ހިމެނޭ ގޮތަށް މިގެނައި އިސްލާހު ފާސްކުރުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން މަޖިލީހަށް ވަނީ އަމާޒުވެފައެވެ. ޑިއުޓީ ކުޑަކުރި ބާވަތްތަކުގެ ތެރޭގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައް ހިމެނެ އެވެ. އެ ދެ ބަނދަރަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓު ޑިއުޓީ ކުޑަކުރާއިރު މި ބާވަތްތަކުން މިހާރު 200 ޕަސެންޓު ޑިއުޓީ ނަގަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

މި ފާޑުކިޔުނަތަކާއެކު މިދިޔަ އަންގާރަ ދުވަހު ގެނެވުނު އިސްލާހު އަލުން އިސްލާހު ކުރުމަށް ހުށައަޅައިފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިޘަމްއެވެ. އެގޮތުން ދުންފަތާއި ދުންފަތުން އުފައްދާފައިވާ ބާވަތްތަކުން ޑިއުޓީ ކުޑަ ނުކުރުމަށް އޭނާ ވަނީ ހުށައަޅައިފައެވެ. އައްޑޫ އަދި ކުޅުދުށްފުށީގެ ޕޯޓުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 އިންސައްތަ އުނިކުރުމަށް ކުރިން ހުށައަޅައިފައިވަނީ ހިތަދޫ މެދު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އަހުމަދު ރަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު


3

ތިމަންނަ

10-Jul-2020

ގާނޫނު ހަދަނީތޯ ނުވަތަ ގާނޫނާ ތޮޅެނީތޯ....



ޓްރެންޑިން