ކޯވިޑް-19 އަށް ޓެެެެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޯވިޑް-19 އަށް ޓެެެެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެ އިން މިއަދު އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 47 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 36 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 2553 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 47 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2227 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 306 މީހުންނެވެ. އައިސޮލޭޝަންގައި 283 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 97 މީހުންނެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމުލަ 13 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން