ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ފްލެޓް ތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު" ގެ ދަށުން 7000 ފްލެޓު އަޅާފައިވާއިރު، މި ސަރުކާރުން ވަނީ ފްލެޓް އިމާރާތުގެ ތިރީ ބުރި އެހެން ކަންކަމަށް ބޭނުންކުރަން ނިންމައި ޖުމްލަ ފްލެޓްގެ އަދަދު 6،860 އަށް ތިރިކޮށްފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 434 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. ފްލެޓްތަކުގެ މަސައްކަތް ނުނިމެނީސް މިދިޔަ ސަރުކާރުން ވަނީ ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ.

ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ މިސަރުކާރުން ވަނީ އެކަން ބެލުމަށް ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. ރައްޔިތުންގެ މަޖިީހުގެ ކޮމެޓީއަށް ހާޒިރުވާން މުއިއްޒަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 11:00 އަށެވެ. މީގެ ކުރިން ވެސް ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކޮށްފައެވެ. އެއީ ބަދަލުގެ ގޮތުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑްންސްއަށް 845 މިލިއަން ރުފިޔާ ދިން ދޭން ޖެހުނު މައްސަލައިގައެވެ.

އެފަހަރު ކޮމިޓީން ވަނީ މުއިއްޒުއާއި ސުވާލުކޮށް ބައެއް ކަންކަން އޮޅުވާލައްވައި މަޖިލީހަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ވިދާޅުވެ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ވެސް ފޮނުވާފައެވެ. ފުލުހުން މިމައްސަލަ ބަލަން ފަށާފައިވާއިރު މުއިއްޒު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން