ހުޅުމާލޭގެ ސަފާރީއެއްގެ ތެރޭގައި ހިނގި ކަމަށް ބުނާ "ރޭޕް" ކޭސް ގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެކުލަވާލި ކޮމެޓީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައިފިއެވެ.
މީޑިޔާ ކައުންސިލްގެ މި ކޮމެޓީއަކީ މީޑިއާތަކުން ސަފާރީގެ ޚަބަރު ގެނެސްދިންގޮތް ތަހުޤީޤުކުރުމަށް އެކުލަވާލި ކޮމެޓީއެކެވެ. މިކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލަން އަންގައިގެން ކަމަށް އެނގިފައި ވެއެވެ.
ކޮމެޓީގައި ތިއްބަވަނީ، މުޙައްމަދު ޔާމީން އިބްރާހީމާއި އަހުމަދު ނާއިފާ އަދި އަޒްމީ އަލީއެވެ. ކޮމެޓީގެ މެމްބަރުން ވަނީ މީޑިއާ ކައުންސިލްގެ ރައީސް، ހިދާޔަތުﷲ ކޮމެޓީގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ތުހުމަތު ކޮށްފައެވެ. ކޮމެޓީގެ މުޤައްރިރު އަޒްމީ އަލީގެ އިސްތިއުފާ ސިޓީގައި ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވަނީ ކޮމެޓީގެ ނިންމުމެއް ބަދަލުކުރަން ރައީސް ހިދާޔަތުﷲ މަސައްކަތްކުރައްވާ، ކޮމެޓީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުމުން ކަމަށެވެ.
އެމްއެމްސީ އަކީ މީޑީއާތައް ތަމްސީލުކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން ހަތް މެމްބަރުންނާއެކު ޖުމްލަ 15 މެމްބަރުން ތިއްބަވާ ކައުންސިލެކެވެ.
ސަފާރީ ރޭޕް ކޭސްގެ މައްސަލަ ބަލާ އެމްއެމްސީގެ ކޮމެޓީ ކުއްލިގޮތަކަށް އިސްތިއުފާ ދިންއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މީޑިއާތަކުން ސަފާރީ ރޭޕް ކޭސްގެ ޚަބަރު ގެނެސްދިންގޮތް ބަލަން މީޑިއާ ކައުންސިލަށް އަންގާފައެވެ. ރައްޔިތުންގެ މަޖިލީހުން އެންގި ގޮތަށް މީޑިއާ ކައުންސިލުން މީޑިއާތައް ޖޫރިމަނާކުރަން އެކުލަވާލި ޤަވާއިދު، އެމްއެމްސީގެ ބައްދަލުވުމުގައި ފާސްކޮށްފައެއް ނުވެއެވެ. މި ޤަވާއިދު ފާސްނުކުރެވުނީ ބައްދަލުވުން ހޫނުވެ، ގިނަ މެމްބަރުން ދެކޮޅު ހެދުމުންނެވެ.
މެމްބަރުން މި ޤަވާއިދާ ދެކޮޅު ހެއްދެވުމުން، އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ރުޅިގަދަވެ ބައްދަލުވުން ދޫކޮށް ވަޑައިގެންނެވީއެވެ.ފަހުން ބައްދަލުވުމުގައި ވަނީ ޤަވާއިދު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވަން ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން އެމްއެމްސީއަށް ފޮނުވި ސިޓީއެއްގައި ސަފާރީ ރޭޕްކޭސްއާއި ބެހޭ ގޮތުން ބައެއް މީޑިއާ ތަކުން ދޮގު ޚަބަރު ފަތުރާފައިވާ ކަމަށް ބުނެ އެމައްސަލަ ބަލައި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ވަނީ އަންގާފައެވެ.
ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާފައި އެފަދަ ރޭޕްގެ މައްސަލަ ތަކާއި ޖިންސީ ގޯނާގެ ބޮޑެތި މައްސަލަތައް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާއިރު މަޖިލީހުން އެކަންކަމުގެ ތެރެއަށް ވަދެ އެމައްސަލަތައް ބަލައި މީޑިއާތަކަށް ފިޔަވަޅު އަޅަން މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް ސަފާރީ ރޭޕް ކޭސްއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން މީޑިއާ ތަކާއި ދެކޮޅަށް ތެދުވާން ޖެހުނު ސަބަބަކާއި މެދު މީޑިއާތަކުގެ ބައެއް އެޑިޓަރުން ބައިވެރިވެ ވަޑައިގެން ރޭ ބޭއްވި ނޫސްކޮންފަރެންސްގައި ބައެއް އެޑިޓަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު