ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން މިއަދު ބުނީ ކޭބަލަށް ގެއްލުންވުމުގެ ސަބަބުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދެވިފައި ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
“ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭ ކޭބަލަކަށް ގެއްލުންވެ ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި.” ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު