އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީ ދުލާއި ގަލަމުގެ މިނިވަންކަން ފުޅާ ދާއިރާ އެއްގައި ދިނުމަށް ނޫންތޯ ވިދާޅުވެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ދިވެހިރާއްޖޭގެ ރައްޔިތުން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނީ ދުލާ ގަލަމުގެ މިނިވަން ކަން ނަގާލުމުގެ ބަދަލުގައި އެ މިނިވަންކަން ފުޅާ ދާއިރާ އެއްގައި ދީފައި ބޭއްވުމަށް ނޫންތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ.
"އަޅުގަނޑު ވޯޓް ދިނީ އެގޮތަށް އެކަން ވުމަށް." މެމްބަރު އިމްތިޔާޒް ފަހުމީ ޓެގް ކުރައްވައި ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވިއިރު މީޑިޔާގެ މިނިވަން ކަން ފުޅާ ދާއިރާއެއްގައި ދިނުން އެއީ ރައީސް ސޯލިހްގެ ވައުދެކެވެ. ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޖޫރިމަނާ ކުރުމާއި މީޑިޔާތަކަށް ބޮޑެތި އަދަބުތަކެއް ލިބޭގޮތަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ މަޖިލީހުން ފާސްކުރި އަބުރު ގާނޫނު އުވާލެއްވިއެވެ.
އެހެން ނަމަވެސް ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށްވާ މީޑިޔާ އަށް މިނިވަންކަން ދިނުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ސިޔާސަތާއި ދެކޮޅަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އަންގާފައެވެ. އެގޮތަށް އަންގާފައިވަނީ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާއިބެހޭ ކޮމެޓީންނެވެ. މީޑިއާތަކަށް ފިޔަވަޅުއެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އަންގާފައި ވަނީ ބިރު ދައްކަން ކަމަށް ނޫސްތަކުގެ އެޑިޓަރުން ވަނީ ވިދާޅުވެފައެވެ.
މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް އަންގާފައިމިވަނީ މަޖިލީހުގެ ބާރުތަކުގެ ބޭރުން އެތައް ބާރެއް އެ މަޖިލީހުގެ ތެރެއަށް ގެނެސް، ދައުލަތުގެ ވަރަށް ގިނަ އިދާރާތަކަށް މަޖިލީހުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު