އައްޑޫޫ ސިޓީ މަރަދޫއާއި ހަނކެޑެ ސަރަހައްދު ކޯޒްވޭއަށް އުދައަރާ ފެންބޮޑުވެފަ
އައްޑޫޫ ސިޓީ މަރަދޫއާއި ހަނކެޑެ ސަރަހައްދު ކޯޒްވޭއަށް އުދައަރާ ފެންބޮޑުވެފަ
ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކުގެ އަސަރު ރާއްޖެއަށް ކޮށް، ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވެތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މައުލޫމާތުދޭ ގޮތުގައި ރާއްޖެއާ ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދެމުންދާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑެވެ. އަދި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި އެކަން ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ، ހުރިހާ އެންމެން މިކަމަށް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ. ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

އޭގެ އިތުރުން މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރައި ފެންބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ބަނދަރުކޮށްފައި ހުންނަ އުޅަނދުތައް ބަނދަރުގެ ތޮށިގަނޑުގައި ތަޅާ ހެދުމުން ބައެއް އުޅަނދުތަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން