ކުރީ ސަރުކާރުން ސިއްޙީމަރުކަޒުތައް ހޮސްޕިޓަލަށް ބަދަލުކުރީ ނަމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ހއ. އަތޮޅުގެ ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ސިއްޙީދާއިރާއަށް ވެފައިވާ އިހުމާލު ބޮޑު ކަމަށާއި އެކަމުގެ ތަކްލީފް މި ސަރުކާރުން އުފުލަމުންދާ ކަމަށެވެ.
އެގޮތުން އިންތިޚާބާ ދިމާކޮށް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ނަންބޯޑުތައް ބަދަލުކޮށްފައިވާ ކަމަށާއި ނަމަވެސް މުވައްޒަފުން ހޯދައި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
“އެންމެ ފަހު ދެތިން ދުވަހުގެ ތެރޭގައި ކޮންމެ ރަށަކަށް އަރާ އެ ރަށެއްގައި ހުރި ސިއްހީ މަރުކަޒު އަށް ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރަމުން، ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރަމުން ބަދަލުކުރަމުން ގެންދިޔައީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ތަސައްވަރެއް އޮވެގެން ކަމަށާއި އެހެންކަމުން އޭގެ ނަތީޖާވެސް މިއަދު ސިއްޙީ ދާއިރާއިން ފެންނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު