19 ވަނަ މަޖިލިސް މެމްބަރުންނާއި ރައީސް ބައްދަލުކުރެއްވުމުގެ ތެރެއިން، ފޮޓޯ:މަޖިލިސް
19 ވަނަ މަޖިލިސް މެމްބަރުންނާއި ރައީސް ބައްދަލުކުރެއްވުމުގެ ތެރެއިން، ފޮޓޯ:މަޖިލިސް
ރާއްޖޭގައި މިހާރު ވެރިކަމުގެ ނިޒާމުގެ ކަންކަން ދާގޮތުން އަޑިނޭގޭ ދައުލަތެއް އުފަންވާ މަންޒަރުފެންނަމުންދާކަމަށާއި، އެކަމަށް ޖާގަ ނުދިނުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުން އެންގި އެންގުމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިއަދު ބަދަލުވެގެން މިދަނީ މުޅިން އެހެން ދައުލަތަކާއި ދިމާއަކަށްކަމަށެވެ.

"މިހާރު ރާއްޖޭގެ އިތުބާރު އޮތް ސަރުކާރެއްނެތް. ދައުލަތުގެ ސިފަ ގެއްލެނީ. މިނިވަންކަމުގައި ލޮކް ދަނީ އެޅުވެމުން. އަޑިނޭގޭ ދައުލަތެއް އުފަންވުމަށް ޖާގަ ނުދެއްވާ." ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މީޑިޔާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ކުރާ ނޭދެވޭ ކަންކަން ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުން ހުއްޓުވުމަކީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ ކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މިކަމަކީ ރާއްޖޭގެ 4 ވަނަ ބާރުގެ، އިތުބާރު ގެއްލުވާލައި، ބާރު ކަނޑުވާލުމަށް ހިންގަމުންދާ ނާތަހުޒީބު އަމަލެއްކަމަށް ސައީދު ވިދާޅުވިއެވެ.

"ސަރުކާރުގެއިސްވެރިންނަށް އަމާޒުވާ ޖިންސީފުރައްސާރައިގެ ނާތަހުޒީބު އެތައްކަމެއް ފެންމަތިވިވަގުތު މީޑިއާގެކޮންޓެންޓް ކޮންޓްރޯލްކުރުމަށް ސަރުކާރުންމިހިންގާ ނާހަތަހްޒީބު ޢަމަލަކީ މައްސަލައިގެ މިސްރާބު ބަދަލުކޮށް ބިރުދެއްކުން." ސައީދު ވިދާޅުވިއެވެ.

މީޑިޔާތަކަށް ފިޔަވަޅު އަޅާނެ އުސޫލެއް ޤާއިމްކުރުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ރާއްޖޭ ބައެއް ނޫސްތަކުގެ އެޑިޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޓަރުން ވިދާޅުވީ ނޫސްތަކުން ލިޔާ ލިޔުންތައް ބެލޭނެ މަގު މީޑިއާ ކައުންސިލުން ފަހިކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެ ކައުންސިލަށް މަޖިލީހުން އެންގިދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް އެޑިޓަރުން ވިދާޅުވިއެވެ.

ނޫސްވެރިންނަށް، ދައުލަތުގެ އިދާރާތަކާއި ވުޒާރާތަކުން މައުލޫމާތު ނުލިބޭކަން މި ބައްދަލުވުމުގައި އެޑިޓަރުން ވަނީފާހަގަކުރައްވާފައެވެ. މީގެ އިތުރުން މީޑިޔާތައް ރެގިއުލޭޓް ކުރަން އުފައްދާފައިވާ މުވައްސަސާތައް މަދުކޮށް އެއް މުވައްސަސާ އަކުން މީޑިޔާ ރެގިއުލޭޓް ކުރެވޭ ގޮތް ހެދުމަށް އެޑިޓަރުން ވަނީ ގޮވާލައްވާފައެވެ.

މީޑިއާތަކުގެ އެޑިޓަރުން ވިދާޅުވީ މަޖިލީހުން އެފަދަ ސިޓީ އެއް ފޮނުވުމުގެ ހަގީގީ މަގްސަދަކީ މީޑިއާތައް ޖޫރިމަނާކުރުން ނޫން ކަމަށެވެ. އެއީ މީޑިއާތައް ފަހަތަށް ޖައްސާލައި ބިރު ދައްކަން ހިންގާ އަމަލުތަކެއްގެ ގޮތުގައި އެޑިޓަރުން ވަނީ ސިފަ ކުރައްވާފައެވެ. އެކަން އެގޮތަށް ކުރާނަމަ އިހުތިޖާޖު ކުރާނެ ކަމަށާ، ނޫސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ ދައްކާނީ ތަހުޒީބު އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޑިޓަރުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ދަވާލި19

11-Jul-2020

އޑިއާ މައްޗާ އަރި މަތިވެސް ނޭނގޭ ދައުލަތެއް ގެންނަން އުޅުއްވަނީ ހަމަ މިސޮރު ނޫންތޯ



ޓްރެންޑިން