ރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިރާދާ (މެޓް)އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ނެރުނު ސަމާލުގައިވަނީ ހއ.އިން ފެށިގެން ވ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދު މެންދުރުން އަނބުރައި 13:30އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް މި ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކުރެއެވެ.
ރޭ ފަތިހުވެސް އުތުރުގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރުނެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރައާއި ކޯސްޓުގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެކުރިން އޮޑިދޯނިފަހަރުގެ ސަލާމަތައި ރައްކާތެރިކަމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.

Heavy rain and thunderstorms with gust winds are expected. pic.twitter.com/yKDmyPDrqa
— Maldives Meteorology (@MetMaldives) July 20, 2023
ރޭ ފަތިހުވެސް އުތުރުގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރުނެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރައާއި ކޯސްޓުގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެކުރިން އޮޑިދޯނިފަހަރުގެ ސަލާމަތައި ރައްކާތެރިކަމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު