އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިސްކިތް ހުޅުއްވައި ދެއްވަނީ
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިސްކިތް ހުޅުއްވައި ދެއްވަނީ
ހަތަރު އަހަރަށްފަހު މިއަދުގެ އަސުރުނަމާދުން ފެށިގެން މާވެޔޮ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިސްކިތް ހުޅުވައި ދެއްވާ ޖަމާއަތުގައި އަސްރު ނަމާދުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ އެވެ. މާވެޔޮ މިސްކިތަށް ކުރިން މަސްޖިދުލް ބަޙާއުއްދީން ކީނަމަވެސް މިހާރު ވަނީ މަސްޖިދުލް އަލީ ހުސައިންގެ ނަމަށް މިސްކިތުގެ ނަން ބަދަލުކޮށްފައެވެ. މިސްކިތުގެ ނަން ބަދަލުކޮށްފައި މިވަނީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތަކަށް ވުމުންނެވެ. ޖަނާހުގެ ބައްޕަ އަލީ ހުސައިން އަކީ ހަކީމީ ބޭސްވެރިއެވެ.

މި މިސްކިތަށް 50 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ވަނީ އެނގިފަ އެވެ. މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރުު 2017 ގައެވެ.

ޖަނާ ވިދާޅުވީ އޭނާގެ ބައްޕަގެ ހަނދާނުގައި މާވެޔޮ މިސްކިތް ހަދަން ނިންމީ އެއީ އޭނާގެ އާއިލާގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަށް ވުމުން ކަމަށެވެ. އޭނާ އެންމެ ކުޑައިރު ވަޑައިގެން އުޅުއްވި މިސްކިތަކީ އެއީ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ. އޭނާގެ ގެ މ. އިތާމުތް ހުންނަނީ މާވެޔޮ މިސްކިތް ކައިރީގައެވެ.

މިސްކިތުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ. ކުރިން 400 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށްދީފައިވަނީ މުހައްމަދު އަލީ ޖަހާނުގެ އަމިއްލަ ހަރަދުގައެެވެ. މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައިވަނީ 2000 ވަރަކަށް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ އިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައްވަނީ ހާއްސަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން