މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ރެއިން ފެށިގެން މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

"މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން.” އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

އަދި މާދަމާ ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށް ލަފާކުރެވުނަސް، މުޅި ރާއްޖެއަށް އުޑުމަތި ބަނަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ އޮފީހުން ބުނީ ވިލާގަނޑުގައި އެވްރެޖުކޮށް 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން