ބޮޑު ތިލަދުންމަތި އޮތީ އެސަރަހައްދަށް އައިސްފައިވާ ތަރައްޤީގެ ބޮޑު ބަދަލާއެކު "އުފާވެރި އަމާން ރާއްޖެ"އާ އެކަން ގުޅުވާލުމަށް ސާބިތުކަންމަތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމްޑީޕީގެ ވިންދަށް ދިރުންގެނުވައި ރާއްޖޭގެ އުތުރުގެ ރޫޙުވަނީ ޖޯޝުންފުރިފައިކަމަށެވެ. ރިޔާސީ ކެމްޕެއިންގައި ރައީސް އެންމެފަހުން ވަޑައިގަތީ ތިލަދުންމަތީ އުތުރުބުރި (ހއ) އަށެވެ. މި އަތޮޅުގެ ހުރިހާރަށަކުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.



ރައީސް ހއ. އަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެއަތޮޅުގެ އެކިއެކި ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދެވި ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވައި ރިބަން ކަނޑުއްވައިދެއްވާފައެވެ. އަދި ހިނގަމުންދާ މަޝްރުޢުތައް ބައްލަވާލެއްވިއެވެ.

ރައީސް ވަނީ ހއ.އަތޮޅުގެ ރަށްރަށުގައި ތަރައްޤީގެ އިތުރު އެތައް މަޝްރޫޢުތަކެއް ފަށްޓަވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ މުހިންމު ގިނަ ކަންކަން ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން