މާގިރި ހޮޓެލް (ފޮޓޯ: ސޯޝަލް މީޑިއާ)
މާގިރި ހޮޓެލް (ފޮޓޯ: ސޯޝަލް މީޑިއާ)
މާގިރި ހޮޓަލުގެ ސީސީޓީވީ ރިކޯޑިންގ އެއްވެސް މީޑިއާ އަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށް އެ ހޮޓަލުން ބުނެފިއެވެ.

ބަދުއަޚްލާޤީ މައްސަލަތަކަކާއި ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން ޢަލީ ވަޙީދު ވަކިކޮށްފައިވާއިރު، ފުރަބަންދުގެ ދުވަސްތަކުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ބައެއް މުވައްޒަފުންނާއެކު ޢަލީ ވަޙީދު ދިރިއުޅުއްވަމުން ގެންދެވީ މާގިރި ހޮޓަލުގައެވެ.

މީގެ ކުރިން މާގިރި ހޮޓަލުގެ ސީސީޓީވީ ފޫޓޭޖްތައް ލިބިފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ޢަލީ ވަޙީދު މާގިރި ހޮޓަލުގައި ލޮކްޑައުން ވެގެން އުޅުއްވި ދުވަސްވަރުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ބައެއް މަންޒަރުތައް ސިފަކޮށްދީ ލިޔުންތައް ގެނެސްދީފައެވެ.

އެކަމާ ގުޅިގެން މާގިރި ހޮޓަލުން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެ ހޮޓަލުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމަށް ކަމަށާއި، އެ ހޮޓަލުގެ އެއްވެސް ސީސީޓީވީ ފޫޓޭޖެއް އެއްވެސް ޢާއްމު ފަރުދަކަށްވެސް އަދި މީޑިއާ އެޖެންސީއަކަށްވެސް ޙިއްސާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ހޮޓަލުގެ ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ މަންޒަރުތައް ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ހޮޓަލުން ވަނީ ބުނެފައެވެ.



މާގިރި ހޮޓަލުން އިތުރަށް ބުނީ، އެ ހޮޓަލާ ބެހޭ ގޮތުން ދޮގު ޚަބަރާ މަޢުލޫމާތު ފެތުރި ވަކިވަކި ފަރުދުންނާއި، މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


10

ދަވާލި19

11-Jul-2020

ބިރުދައްކާލީ ދޯ


0

އަލީ ނަސީމް

11-Jul-2020

މާގިރި ހޮޓަލަށް ބިރުދައްކައިފި ކަމާ މެދަކު އަޅުގަނޑު މިހާރު ހަމަ އެއް ވެސް ޝައްކެއް ނުކުރަމެވެ.



ޓްރެންޑިން