ޝަރުޢީ ޙުކުމެއްގައި ޖަލުގައި އޮންނަވައިގެން އަނެއްކާވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އޮތީ ހަމަނުޖެހުމާއި ނާމާންކަންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަހަގައެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހުމެއް އުފާވެރިކަމެއް ނުފެނުނުކަމަށެވެ. އޭރު ރާއްޖޭގައި އޮތީ ހަމަޖެހުމާއި މާރާމާރީ އާންމުވެފައި ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މާލޭގައި އޭރު އޮތް ހަމަނުޖެހުންތައް ސިފަކުރައްވަމުން އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މާރިޔާ ވިދާޅުވީ ގޭގައި ހުރެފައި މަޖިލީހަށް ވަޑައިގެންނެވި ކިތަންމެ ދުވަހަކު މަގުމަތީގައި އޮހޮރިފައި ހުންނަ ލޭގެ މަތިން ހުރަސްކޮށްފައި ދާންޖެހުނުކަމަށެވެ. އެއީ މާރާމާރީތަކުގައި އެކަކުއަނެކަކު ޒަޚަމްކޮށް އޮހޮރުވާފައި ހުންނަ ލޭކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެން ރާއްޖެ އަމާންކޮށްދެއްވައިފިކަމަށާ، މިފަހަރުގެ އެމަނިކުފާނުގެ ކެމްޕެއިން ޝިޢާރަކީވެސް "އުފާވެރި، އަމާން ރާއްޖެ"ކަން މާރިޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހަމަޖެހުމާއި އަމާންކަމާއި އުފާވެރިކަން ދަމަހައްޓަން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުދިނުމަށް މާރިޔާ ދިވެހިރައްޔިތުންނަށް ގޮޥާލެއްވިއެވެ.

ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވީ ރައީސް ޞާލިޙުކަމަށް ވިދާޅުވަމުން މާރިޔާ ވަނީ މާލޭގެ ރައްޔިތުންނަށް އެތައް ޒަމާނަކަށްފަހު ގޯތި ދެއްވީ ރައީސް ޞާލިޙުކަން ފާހަގަކުރައްވާފައެވެ. ގޯއްޗާއި ފްލެޓު ނިމުމުން ދިރިއުޅުން ލުއިވެ، މާލޭގައި ދިރިއުޅުމަށް ދައްކަންޖެހޭ ބޮޑު ކުލި ކުޑަވެ އިތުރު އުފާވެރިކަން ލިބޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން